އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ގުޅުންހުރި

އެމެރިކާގެ 249 ވަނަ މިނިވަން ދުވަސް ފާހަގަކުރާ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް ފޮނުއްވައިފިއެވެ.

މިއަދު ސޯޝަލް މީޑިޔާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ފާހަގަކުރެއްވީ، މި ޚާއްޞަ ދުވަހުގައި އެމެރިކާގެ ވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއެއް އަރިސްކުރައްވާ ކަމަށެވެ. ހަމައެއާއެކު، އެމެރިކާގެ ރައްޔިތުންނަށް ދާއިމީ މިނިވަންކަމާއި، ތަރައްޤީއާއި ކާމިޔާބީ ލިބިގެންދިޔުމަށް ދުޢާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން 1966 ވަނަ އަހަރު ޤާއިމުވެފައިވާއިރު، މި ދެ ޤައުމުގެ ދެމެދުގައި ވަނީ ގާތްކަމުގެ ގުޅުމެއް ބިނާވެފައެވެ. 1965 ވަނަ އަހަރު ދިވެހިރާއްޖޭގެ މިނިވަންކަން ހާސިލުވުމާ ގުޅިގެން، އެމެރިކާއިން ވަނީ ވަގުތުން ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަނެ، ދިވެހިރާއްޖެއަށް ސަފީރެއް ކަނޑައަޅުއްވާފައެވެ.

މިވަގުތު އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. ސަފީރު ޔޮން ވަނީ މީގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދެކެ ލޯބިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުން އެމެރިކާއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ސަފީރު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ