ފައިނު އެކްސިޑެންޓުގައި ޒަޚަމްވި ދެ ދަރިވަރުން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރުގެ ހާލު އަދިވެސް ސީރިއަސް

ފައިނު އެކްސިޑެންޓުގައި ޒަޚަމްވި ދެ ދަރިވަރުން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރުގެ ހާލު އަދިވެސް ސީރިއަސް

Author
ހުސައިން
29 ޖޫން 2025 09:59
0

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި ތިން މީހުންގެ ތެރެއިން ދެ ދަރިވަރުން މިހާރު ވެންޓިލޭޓަރުން ނަގައިފިއެވެ. އެކަމަކު އެ ހާދިސާގައި އަނިޔާވި އިސްލާމް ޓީޗަރުގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ.

މި ހާދިސާ ހިނގީ ފައިނު ސްކޫލުގެ ގްރޭޑް 9 ގައި ކިޔަވަމުންދާ ދެ ދަރިވަރަކު ސައިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް، އެ ވަގުތު ދުވަން ނުކުމެ އުޅުނު ސްކޫލުގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި ޕްރިންސިޕަލްގެ ހާލު ރަނގަޅު ނަމަވެސް، ދަރިވަރުންނާއި ޓީޗަރުގެ ހާލު ސީރިއަސްވުމުން ތިން މީހުން ވަނީ މާލެ ގެނެސްފައެވެ.

އައިޖީއެމްއެޗުން މަޢުލޫމާތު ދިނުމުން އެނގުނު ގޮތުގައި، ދެ ދަރިވަރުން މިހާރު ވަނީ ވެންޓިލޭޓަރުން ނަގައި، ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކު އިސްލާމް ޓީޗަރަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށާއި، އެކްސިޑެންޓުގައި ޓީޗަރުގެ މޭގެ ބައެއް ކަށިތައް ވެސް ވަނީ ބިނދިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.