ފައިނުގައި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއް: 18 އަހަރުން ދަށުގެ ދެ ކުދިން ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސް

ފައިނުގައި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއް: 18 އަހަރުން ދަށުގެ ދެ ކުދިން ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސް

Author
ހުސެއިން
27 ޖޫން 2025 12:02
0

ރ. ފައިނުގައި މިރޭ ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއްގައި 18 އަހަރުން ދަށުގެ ދެ ކުދިން ބޮޑެތި އަނިޔާތައް ލިބިއްޖެއެވެ. މި ހާދިސާ ހިނގީ އެ ދެ ކުދިން ސައިކަލެއްގައި ދަތުރުކުރަމުންދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އެ ދެ ކުދިންނަށް އަވަސް ފަރުވާ ބޭނުންވެފައިވާތީ، އެމީހުން ވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 21:30 ގެ ގާތްގަނޑަކުންނެވެ.

މި ވަގުތު އެ ދެ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަން އެނގިފައިވި ނަމަވެސް، އެމީހުންގެ ހާލަތާ ބެހޭ އިތުރު މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ގޮތާ ބެހޭ ތަފްސީލު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.