ފަގީރުންގެ ދަފުތަރުގައި ހިމެނޭ 2852 މީހުންނަށް މުދަލު ޒަކާތުގެ ގޮތުގައި މީހަކަށް 5000 ރުފިޔާގެ މަގުން ބަހައިފި

ފަގީރުންގެ ދަފުތަރުގައި ހިމެނޭ 2852 މީހުންނަށް މުދަލު ޒަކާތުގެ ގޮތުގައި މީހަކަށް 5000 ރުފިޔާގެ މަގުން ބަހައިފި

ގުޅުންހުރި

އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި އަހަރުގެ މުދަލު ޒަކާތް ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިއްޔެ ބެހުމުގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ފަންޑުގެ ފަގީރުންގެ ދަފުތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވާ 2852 މީހުންގެ ތެރެއިން ކޮންމެ މީހަކަށް 5000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. 2023 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ބޮލަކަށް ދީފައިވަނީ 4000 ރުފިޔާއެވެ. އެހެންކަމުން މި އަހަރު ކޮންމެ މީހަކަށް ލިބޭ އަދަދު 1000 ރުފިޔާއިން އިތުރުވެފައިވެއެވެ.

މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގައި ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ޚާއްޞަ އިދާރާއެއް ގާއިމުކޮށް، ޒަކާތުގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމުގައި ވެގެން ދިޔައެވެ.

ޒަކާތުގެ ނިޒާމް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ޒަކާތު ދޭ ފަރާތްތަކުގެ އަދަދު އިތުރުވަމުން ދާކަމާއި، ޒަކާތު ފަންޑަށް ލިބޭ އާމްދަނީ ވެސް އިތުރުވަމުން ދާކަން ފާހަގަކުރެވެއެވެ. މިއީ ދިވެހިރާއްޖޭގައި އިޖުތިމާޢީ އެއްބައިވަންތަކަން ބަދަހިކުރުމާއި، ބޭނުންތެރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ