އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމުން ނަތަންޔާހޫގެ ތަޢުރީފުކުރޭ ޓްރަމްޕަށް

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމުން ނަތަންޔާހޫގެ ތަޢުރީފުކުރޭ ޓްރަމްޕަށް

Author
ހުސައިން
22 ޖޫން 2025 09:08
0

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮމް އެޅުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުން ވަރަށް ބޮޑަށް ތަޢުރީފް ކޮށްފިއެވެ. އެކްސް (ޓްވިޓަރ) ގައި ޝާއިޢުކުރެއްވި ވީޑިއޯއެއްގައި ނަތަންޔާހޫ ވިދާޅުވީ މިއީ "ތާރީޚު ބަދަލުކުރާނެ" ކަމެއް ކަމަށެވެ.

ވީޑިއޯގައި ނަތަންޔާހޫ ވިދާޅުވީ "މަރުޙަބާ، ރައީސް ޓްރަމްޕް. އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާގެ ބާރުގަދަ އަދި ޢަދުލުވެރި ބާރު ބޭނުންކޮށްގެން ހަމަލާދިނުމަށް މަނިކުފާނު ނިންމެވި ހިތްވަރުގަދަ ނިންމުމުން ތާރީޚު ބަދަލުވެގެންދާނެ" ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، އޮޕަރޭޝަން ރައިޒިންގ ލަޔަންގައި އިސްރާއީލުން ކުރި ކަންތައްތައް ޙަޤީޤަތުގައި އަޖައިބުވެދާފަދަ ކަންތައްތަކެއް ކަމަށާއި، ނަމަވެސް އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާ ދެކޮޅަށް ދެވުނު މި ހަމަލާގައި އެމެރިކާއަށް ވުރެ މޮޅު އެހެން ޤައުމެއް ނެތް ކަމަށެވެ.

"އެމެރިކާއިން ވަނީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ނުކުރެވޭނެ ކަމެއް ކޮށްފައި. ދުނިޔޭގެ އެންމެ ނުރައްކާތެރި ވެރިކަމަކަށް ދުނިޔޭގެ އެންމެ ނުރައްކާތެރި ހަތިޔާރު ލިބުން ހުއްޓުވުމަށް ރައީސް ޓްރަމްޕް ޢަމަލުކުރެއްވި ކަމަށް ތާރީޚުގައި ލިޔެވިގެންދާނެ" ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ހޮނިހިރު ދުވަހު ކުރިން އިންޒާރު ދިނުމެއް ނެތި ކުއްލި ގޮތަކަށް އެމެރިކާއިން އީރާނަށް ދިން މި ހަމަލާއަކީ އިސްރާއީލާއި އެމެރިކާ ދެމެދު ފުރިހަމައަށް ކޯޑިނޭޓް ކުރެވިގެން ދެވުނު ހަމަލާއެކެވެ. މިއީ އިސްރާއީލާ ގުޅިގެން އެމެރިކާއިން ހިންގި ބޮޑު ޢަސްކަރީ ހަރަކާތެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.