ތުރުކީގެ އިސްތަންބުލްގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ބައިވެރިވެ ވާހަކަފުޅު ދައްކަވައިފިއެވެ.
އިސްލާމީ އުއްމަތަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު އެއްފަހަރު އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްވެ ބާއްވާ މުހިންމު ބައްދަލުވުމަކީ މިއީ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލް ދެއްކެވި ވާހަކަފުޅުގައި އިޒްރޭލުން ޣައްޒާއާއި ފަލަސްތީނުގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ކުރަމުންދާ އަނިޔާވެރިކަން ވަރަށް ބޮޑަށް ކުށްވެރި ކުރެއްވިއެވެ.
މީގެ އިތުރުން އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، އެ ޤައުމުގެ މައްޗަށް ބައިނަލްއަޤުވާމީ ޤާނޫނު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް މިނިސްޓަރ ޚަލީލް ގޮވާލެއްވިއެވެ. އޯއައިސީގެ މި ބައްދަލުވުމަކީ މެމްބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އިސްލާމީ ދުނިޔެއަށް ކުރިމަތިވާ ޗެލެންޖުތަކަށް އެކުގައި ހައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ފޯރަމެކެވެ.
ކޮމެންޓު ފޮނުވާ