ސާނަވީ އިމްތިޙާނުތަކުގެ މޮޅު ދަރިވަރުންނަށް މަތީ އަރުތަވެރިންގެ އިނާމު ހަވާލުކުރަން ފަށައިފި

ސާނަވީ އިމްތިޙާނުތަކުގެ މޮޅު ދަރިވަރުންނަށް މަތީ އަރުތަވެރިންގެ އިނާމު ހަވާލުކުރަން ފަށައިފި

Author
ހުސައިން
21 ޖޫން 2025 01:54
0

ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން 2023 އަދި 2024 ވަނަ އަހަރު އެންމެ މޮޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް ދެވޭ "މަތީ އަރުތަވެރިންގެ އިނާމު" ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ފަށައފިއެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި 440 ދަރިވަރަކަށް އިނާމު ހަވާލުކޮށްފައިވެއެވެ.

ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ފިރިތުންދޫ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކެވެ. މި ދަންފަޅީގައި ސާނަވީ އިމްތިޙާނުގެ ގްރޭޑް 9 ހާސިލުކުރި 221 ދަރިވަރަކަށާއި ގްރޭޑް 8 ހާސިލުކުރި 219 ދަރިވަރަކަށް ޓްރޮފީ ހަވާލުކުރެވުނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި މަޢުލޫމާތުތަކުން ދައްކާގޮތުގައި 2023-2024 ވަނަ އަހަރު ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން ފާހަގަކޮށްލެވޭ ނަތީޖާ ހާސިލުކޮށް، މަތީ އަރުތަވެރިންގެ އިނާމަށް ޝަރުޠު ހަމަވި ދަރިވަރުންގެ ޢަދަދު 1800 އަށްވުރެ އިތުރުވެއެވެ.

މި އިނާމުތަކުގެ ތެރޭގައި އޯލެވެލް އަދި އޭލެވެލް އިމްތިޙާނުން ފުރަތަމަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހިމެނެއެވެ. އަދި އޭލެވެލް އިމްތިޙާނުން ފުރަތަމަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭނެއެވެ. މީގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކުރާ ދަރިވަރުންނަށް ހައި އެޗީވަރސް ސްކޮލަރޝިޕްވެސް ދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ބާކީ ރަސްމިއްޔާތުތައް އަންނަ ދުވަސްތަކުގައި ކުރިއަށްގެންދާނެ ކަމަށާއި، ޖުމުލަ 1800 އަށްވުރެ ގިނަ ދަރިވަރުންނަށް މި އިނާމުތައް ހަވާލުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.