މާދަމާ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
ހުސައިން
20 ޖޫން 2025 10:28
0

މާދަމާ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިއީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކާއި ހުޅުމާލޭ ޕަވާހައުސްގައި ކުރަންޖެހޭ މުހިންމު ޓެކްނިކަލް މަސައްކަތްތަކާ ގުޅިގެންނެވެ.

ސްޓެލްކޯގެ އިއުލާނުގައި ވިދާޅުވީ، މާފަންނު ސަރަހައްދުން މާދަމާ ހަވީރު 4:00 އާއި 4:30 އާ ދެމެދު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތަކަށްޓަކައި ކަރަންޓު ކެނޑޭނެ ކަމަށެވެ. ހަމައެއާއެކު، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ ޕަވާހައުސްގެ މަރާމާތުގެ މަސައްކަތްތަކަށްޓަކައި ހެނދުނު 6:00 އާއި 7:00 އާ ދެމެދު ކަރަންޓު މެދުކެނޑޭނެއެވެ.

މި މަސައްކަތްތަކުގެ އިތުރުން، މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މާދަމާ ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ. މިއީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ކަރަންޓު މެދުކެނޑުމުން ރައްޔިތުންނަށް ދިމާވެދާނެ އުނދަގޫތަކަށް ސްޓެލްކޯއިން މަޢާފަށް އެދިފައިވެއެވެ. އެ ކުނެފުނިން ބުނެފައިވަނީ، މި މަސައްކަތްތަކަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.