އީރާނާ ދެކޮޅު ފިޔަވަޅު އެޅުމާމެދު 14 ދުވަސް ތެރޭ އެމެރިކާއިން ގޮތެއް ނިންމާނެ

އީރާނާ ދެކޮޅު ފިޔަވަޅު އެޅުމާމެދު 14 ދުވަސް ތެރޭ އެމެރިކާއިން ގޮތެއް ނިންމާނެ

Author
ހުސައިން
19 ޖޫން 2025 11:50
0

އީރާނާ ދެކޮޅު ފިޔަވަޅު އަޅާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އަންނަ ދެ ހަފުތާގެ ތެރޭގައި އެމެރިކާ އިން ގޮތެއް ނިންމާނެ ކަމަށް ވައިޓްހައުސް އިން ހާމަކޮށްފި އެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެއަވިޓް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ ސިޔާސީ މުޝީރުން ބައްދަލުކޮށް، އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި އެމެރިކާ ބައިވެރިވާނެ މިންވަރާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. މި މަޝްވަރާތަކުގެ އަލީގައި އަންނަ 14 ދުވަހުގެ ތެރޭގައި މި މައްސަލައިގައި އެމެރިކާގެ ސިޔާސަތު ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، އީރާނުން މި ހާލަތުގައި ވާހަކަ ދެއްކުމަށް ކުރިއަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް މަޝްވަރާތަކަށް ކުރިއަށް ނުދިޔަޔަސް އެއީވެސް ދެކޮޅު ހެދޭނެ ކަމެއް ނޫން ކަމަށް ކެރޮލިން ހާމަކުރެއްވި އެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ވަނީ އެއްވެސް ޝަރުތެއް ނެތި އަމާން ދިނުމަށް އީރާނަށް ގޮވާލާފައެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ލިބޭ މަޢުލޫމާތުތައް ދައްކާ ގޮތުގައި، މެދު އިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ސިފައިންގެ ބޭސްތަކަށް ހަނގުރާމައަށް ބޭނުންވާ ވަސީލަތްތަކާއި، ޖެޓުތަކާއި، އެހެނިހެން ހަތިޔާރުތައް ދަނީ ފޮނުވަމުން ކަމަށެވެ. މިއީ އީރާނަށް ދޭން ޖެހިދާނެ ހަމަލާތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.