ޔޫއެފާގެ ރައީސްދޭ ހާއްސަ އެވޯޑް ޑްރޮގްބާއަށް

ޔޫއެފާގެ ރައީސްދޭ ހާއްސަ އެވޯޑް ޑްރޮގްބާއަށް

Author
ހުސައިން
02 އޮކްޓޯބަރ 2020 09:40
0

ޗެލްސީގެ ކުރީގެ ތަރި ޑިޑިއޭ ޑްރޮގްބާއަށް ޔޫއެފާއެގެ ރައީސް އެލެކްސެންޑަރ ޝެފަރިންގެ ހާއްސަ އެވޯޑެއް އަރުވައިފިއެވެ.

މިއީ އިންސާނީ ހިދުމަތައް ބަލައި ޔޫއެފާގެ ރައީސްގެ ފަރާތުން ދެއްވާ ހާއްސަ އެވޯޑެކެވެ. އިންސާނީ ހިދުމަތައް ޑްރޮގްބާ ފައުންޑޭޝަނުގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ޔޫއެފާގެ ރައީސް ފާހަގަކުރައްވާއިރު މިހާރުވެސް ޑްރޮގްބާ އަންނަނީ އެކި ގައުމުތަކުގައި ސުކޫލްކުދިންނަށް ހީލޭސާބަހަށް އެހީތެރިކަން ފޯރުކޮއްދެމުންނެވެ. އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދުނަމަކީ ލިބޭ އެންމެ ބޮޑު އުފާކަމަށް ޑްރޮގްބާ ވަނީ ރޭގެ ހަފްލާގައި ބުނެފައެވެ.

" ފުޓުބޯޅައަކީ ހަމައެކަނި ދަނޑުމަތީގައި ފެންނަ މަންޒަރެއް ނޫން. އެތަކެއް ކުދިންނަށް އެތަކެއް އާއިލާތަކަކަށް އުފާވެރިކަން ގެނެސްދޭ ކަމެއް ފުޓުބޯޅައަކީ. އެފްރިކާގެ އެތަކެއް ކުދިންނަކަށް ފޯރުކޮށްދެވޭ އެހީއަކީ އެންމެ ބޮޑު ޝަރަފު. ދަނޑު ބޭރުން ކުރަމުން އަންނަ މަސައްކަތަކީ އުފަލާއެކު ކުރަމުން އަންނަ މަސައްކަތެއް. ވީ ވަރަކުން އިންސާނިއްޔަތަށް އެހީތެރިވާނަން. އަހަންނަށް ކުރެވުނު ތަޖުރިބާއަކީ އެކަމަށް ހުޅުވުނު ދޮރު،" ޑްރޮގްބާ ބުންޏެވެ.

ޑްރޮގްބާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާފައެވެ. އޭނާގެ ފައުންޑޭޝަނުންވަނީ އޭނާގެ އުފަންގައުމަށް ވެސް އެތައް އެހީތެރިކަމެއް ފޯރުކޮއްދީފައެވެ. ޑްރޮގްބާއަކީ އ.ދ ގެ އެންމެބެސެޑަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.