އިރާނުގެ އާޗއިސް ކޮމާންޑަރު ޝަހީދު ކޮށްފިކަމަށް އިސްރާއީލުން ބުނެފި

އިރާނުގެ އާޗއިސް ކޮމާންޑަރު ޝަހީދު ކޮށްފިކަމަށް އިސްރާއީލުން ބުނެފި

Author
ހުސައިން
17 ޖޫން 2025 12:19
0

ޓެހެރާނަށް ދިން ހަމަލާއެއްގައި ޚާތަމް އަލް-އަންބިޔާ މަރުކަޒީ ހެޑްކުއާޓަރުގެ ވެރިޔާ އަލީ ޝާދްމާނީ ޝަހީދު ކޮށްލާފައިވާކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުން ޝާދްމާނީ ސިފަކޮށްފައިވަނީ އިރާނުގެ "އެންމެ އިސް ސިފައިންގެ ކޮމާންޑަރު" އަދި އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމެނެއީއާ "އެންމެ ގާތް މީހާ" ގެ ގޮތުގައެވެ. އިރާނުގެ ފަރާތުން ވަމިކަން އަދި ޔަގީން ކޮށް ދީފައެއް ނުވެއެވެ.

ޝާދްމާނީ މި މަޤާމަށް ޢައްޔަންކުރެވުނީ، ހުކުރު ދުވަހު އިސްރާއީލުން ޚާތަމް އަލް-އަންބިޔާ މަރުކަޒީ ހެޑްކުއާޓަރުގެ ކުރީގެ ކޮމާންޑަރު ޣުލާމް އަލީ ރަޝީދް ޝަހީދު ކޮށްފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.