އުތުރުގެ އަތޮޅުތަކަށް ވިއްސާރަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

އުތުރުގެ އަތޮޅުތަކަށް ވިއްސާރަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

Author
ހުސައިން
15 ޖޫން 2025 02:09
0

ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި މިއަދު މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލުގެ އެލާޓެއް ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މިއަދު ހެނދުނު 11:45 އިން ފެށިގެން ހަވީރު 4:00 އާ ދެމެދު، މި ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާ ކަމަށް ވެސް ލަފާކުރެވެއެވެ.

މި ހާލަތާ ގުޅިގެން ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މި ހާލަތާ ގުޅިގެން، އެންމެހާ ފަރާތްތަކުން، ޚާއްސަގޮތެއްގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ. ގަދަ ވައިޖެހުމުގެ ސަބަބުން ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި، ކަނޑުގައި އުޅޭ އުޅަނދުފަހަރަށް ނުރައްކާ ވެދާނެ ކަމަށް ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.