އިސްރާއީލުން އީރާނުގެ ނިއުކުލިއަރ އަދި އަސްކަރީ އަމާޒުތަކަށް ދިން ހަމަލާތަކަށްފަހު، "ހިތި ބޮޑު ބަދަލު ހިފުމަކަށް" ތައްޔާރު ވުމަށް އިޒްރާއީލަށް އިންޒާރު ދީފިއެވެ.
އީރާނަކީ ބޮޑު ޤައުމެއްކަމަށް ވިދާޅުވަމުން އިރާންގެ ސުޕްރިމް ލީޑަރ އާޔަތުﷲ އަލީ ޚާމަނައި ވިދާޅުވީ ޒަޔަނިސްޓް ސަރުކާރު، މިއަދުގެ ފަތިހުގެ ވަގުތެއްގައި، އޭގެ ނަޖިސް އަދި ލައިން ތަތްތެޅިފައިވާ އަތްތަކުންއީރާނު ހަނގުރާމައިހާލަތަށް ހުޅުވާލާފަައިވާ ކަމަށާއި، އާންމުން ދިރިއުޅޭ މަރުކަޒުތަކަށް ހަމަލާދީ އޭގެ ނުބައި ޠަބީޢަތު މީގެ ކުރިން ހާމަ ނުކުރާ މިންވަރަށް ހާމަކޮށްފައިވާ ކަމަށެވެ. މި ރެޖީމް ހަރުކަށި އަދަބު ލިބުމަށް އިންތިޒާރު ކުރަންޖެހޭނެ، އިސްލާމިކް ރިޕަބްލިކްގެ ސިފައިންގެ ބާރުގަދަ އަތް އިންޝާﷲ ދޫކޮށް ނުލާނެ" ޚާމަނައި ވިދާޅިވެފައި ވެއެވެ.
ޚާމަނައި ވިދާޅުވި ގޮތުގައި ދުޝްމަނުގެ ހަމަލާތަކުގައި އެތައް ކޮމާންޑަރުންނާއި ސައިންޓިސްޓުން ވަނީ ޝަހީދުވެފައެވެ. "އިންޝާﷲ އެބޭފުޅުންގެ ޚަލީފާއިންނާއި އެކުވެރިން ވަގުތުން އެބޭފުޅުންގެ ވާޖިބުތައް އަލުން ފަށާނެ، މި ކުށާއެކު، ޒަޔަނިސްޓް ރެޖީމް އޭގެ އަމިއްލަ ނަފްސަށް ކަހި އަދި ދަތި ތަޤްދީރެއް ތައްޔާރުކޮށްފި، އަދި އެއަށް ކަށަވަރުން ލިބޭނެ" ޚާމަނައި ވިދާޅުވެފައި ވެއެވެ.
އިސްރާއީލްއިން އިރާނަށް ދިން ވަރުގަދަ އަސްކަރީ ހަމަލާތަކުގައި އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ބަޤެރީވެސް މަރުވެފައިވާކަން އެގައުމުގެ ގައުމީ ޓީވީން ވަނީ ހާމަކޮށްފައެވެ. ބަޤެރީއަކީ 1980 ގައި ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުނު ފަހުން، މަޤާމުތަކުގައި މަތިވަމުން ގޮސް ޤައުމުގެ ސިފައިންގެ އެންމެ މުހިންމު ލީޑަރުންގެ ތެރޭގައި ހިމެނިފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އިސްރާއީލުން އިރާނުގެ ނިއުކުލިއަރ ސައިޓްތަކަށް ދިން ވަރުގަދަ މި އަސްކަރީ ހަމަލާތަކުގައި އިރާންގެ ދެ އިސް ނިއުކްލިއަރ ސައިންޓިސްޓަކުވެސް މަރުވެފައިވާކަން އެގައުމުގެ ޓީވީން ހާމަކޮށްފައި ވެއެވެ.
އިރާންގެ ގައުމީ ޓީވީން ހާމަކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން އެކަކީ އެކަކީ ފެރެއިދޫން އައްބާސީ، އެޓޮމިކް އެނާޖީ އޯގަނައިޒޭޝަން އޮފް އީރާން (އޭއީއޯއައި) ގެ ކުރީގެ ވެރިޔާއެވެ. އޭއީއޯއައި އަކީ އީރާނުގެ ނިއުކްލިއަރ ތަންތަނުގެ ޒިންމާ އުފުލާ ފަރާތެވެ. އައްބާސީ 2010 ގައި ތެހެރާނުގެ މަގެއްގައި އޭނާ މަރާލަން ކުރި މަސައްކަތަކުން ސަލާމަތްވެފައިވެއެވެ. އަނެއް މީހާއަކީ މުޙައްމަދު މެހްދީ ތެހްރާންޗީ، ތެހެރާނުގެ އިސްލާމިކް އާޒާދު ޔުނިވަރސިޓީގެ ރައީސެވެ.
އިސްރާއިލުން އިރާންގެ ނިުއކުލިއަރ ސައިޓްތަކަށް ދިން އަސްކަރީ ހަމަލާތަކުގައި އިރާންގެ ރިވޮލިއުޝަނަރީ ގާޑްގެ އިސްވެރިޔާވެސް ވަނީ މަރު ވެފައެވެ. މި ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސްވެރިޔާ ހޮސެއިން ސަލާމީ މަރުވިކަން، އީރާންގެ ސަރުކާރުގެ މީޑިއާ އިން ވަނީ ރިޕޯޓު ކޮށްފައެ. އޭނާ އަކީ މި ހަމަލާގައި މަރުވި އެތައް ސީނިއަރ ލީޑަރުންގެ ތެރެއިން އެކެކެވެ. އޭގެ އިތުރުން އިރާންގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ކުރީގެ އިސްވެރިޔާ ފެރޭދޫން އައްބާސީ ވެސް މި ހަމަލާގައި މަރުވެފައިވާ ކަމަށް ސަރުކާރުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވެއެވެ.
އިސްރާއީލުން ބުނެފައިވަނީ އެގައުމުން ހަމަލާތައް އަމާޒު ކޮށްފައިވަނީ "އީރާންގެ ނިއުކްލިއަރ ޕްރޮގްރާމާއި އެހެން މިލިޓަރީ ޓާގެޓްތަކަށް" ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސްވެރިޔާ ހޮސެއިން ސަލާމީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރ، އަކީ އިސްރާއީލުގެ މި ހަމަލާތަކުގައި މަރުވި އިރާނުގެ އެންމެ އިސް ލީޑަރު ކަމަށް ބެލެވެއެވެ.
ސަލާމީ ފުރަތަމަ ރިވޮލިއ�ުޝަނަރީ ގާޑްސްއާ ގުޅުނީ 1980 ގައި އީރާން-އިރާޤް ހަނގުރާމަ ފެށުނު އިރުއެވެ. ސިފައިންގެ މަޤާމުތަކުގައި މަތިވަމުން ދިޔައިރު، އޭނާ މަޝްހޫރުވީ އެމެރިކާއާއި އެ ޤައުމުގެ އެކުވެރިންނާ ދެކޮޅަށް ހަރުކަށި ވާހަކަތައް ދައްކާ މީހެއްގެ ގޮތުގައެވެ. 2000 ގެ އަހަރުތަކުން ފެށިގެން އޭނާގެ މައްޗަށް ޔޫއެން ސެކިއުރިޓީ ކައުންސިލާއި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އީރާނުގެ ނިއުކްލިއަރ އަދި ސިފައިންގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުންނެވެ.
2024 ގައި އީރާންއިން ފުރަތަމަ ފަހަރަށް، 300 އަށްވުރެ ގިނަ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން، އިސްރާއީލަށް ސީދާ ހަމަލާއެއް ދިންއިރު، އޭނާއަކީ ރިވޮލިއުޝަނަރީ ގާޑްސްގެ ވެރިޔާއެވެ.
ފާއިތުވި ބުރާސްފަތި ދުވަހު ސަލާމީ ބުނެފައިވަނީ އީރާން "ކޮންމެ ހާލަތަކަށް، ސީނާރިއޯއަކަށް، އަދި ޙާލަތަކަށް ފުރިހަމައަށް ތައްޔާރު" ކަމަށެވެ. "ދުޝްމަން ހިތަނީ އިސްރާއީލުގެ ބަންދުގައި ތިބި ދިފާޢެއް ނެތް ފަލަސްޠީނީން މީހުންނާ ހަނގުރާމަ ކުރާ ގޮތަށް އީރާނާ ހަނގުރާމަ ކުރެވޭނެ ކަމަށެވެ،" އޭނާ ބުންޏެވެ. "އަހަރެމެންނަކީ ހަނގުރާމައިގެ ތަޖުރިބާ ލިބިފައިވާ އަދި ތަޖުރިބާކާރުންނެވެ."
ކޮމެންޓު ފޮނުވާ