ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ ވިސްނުންފުޅު ހުރިކަން ނަޝީދު ހާމަކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ ވިސްނުންފުޅު ހުރިކަން ނަޝީދު ހާމަކުރައްވައިފި

Author
ހުސައިން
04 ޖޫން 2025 09:23
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަނެއްކާވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް އިސް މެންބަރުންނަށް ރައީސް ނަޝީދު ފޮނުއްވި ޚާއްޞަ މެސެޖަކުންނެވެ.

ނަޝީދުގެ މެސެޖުގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވަނީ، ރައީސްކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށާއި، މި ކަމާމެދު ޕާޓީގެ އިސްވެރިން ދެކެވަޑައިގަންނަވާ ގޮތެއް ހާމަކޮށްދެއްވުމަށް އެދިލައްވާކަމަށެވެ. އަދި މީގެ އިތުރުން، ޕާޓީގެ އިސްވެރިން ކޮންމެ ގޮތަކަށް ޖަވާބުދެއްވިނަމަވެސް، އެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް އެއްވެސް ބުރޫއެއް ނާރާނެކަމަށްވެސް ރައީސް ނަޝީދު ޔަގީންކަން ދެއްވާފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، ނަޝީދު ރައީސްކަމަށް ކުރިމަތިލައްވާނީ އަމިއްލަ ގޮތުން ކަން ނުވަތަ ވަކި ޕާޓީއެއްގެ ޓިކެޓުގައި ކަން އަދި ސާފެއް ނުވާކަމެވެ. އަދި ކުރިމަތިލައްވާނަމަ، އެއީ އެމްޑީޕީގެ ޓިކެޓުގައި ކަން ނުވަތަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ކަންވެސް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ނަޝީދަކީ 2008 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. މިހާރު ނަޝީދު ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ޑިމޮކްރެޓްސް ޕާޓީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.