މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ފުޅާބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ ފުޅާބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

Author
ހުސައިން
02 ޖޫން 2025 08:28
0

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ، މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓެއް ނެރެފައިވެއެވެ. މި އެލާޓާ ގުޅިގެން އައްޑޫ ސިޓީން ފެށިގެން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

މިއަދު ހެނދުނު 9:30 ގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ބުނެފައިވާ މި ވައިޓް އެލާޓް ގައި، ރާއްޖޭގެ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގުގުރުމާއެކު، ގަޑިއަކު 40 މޭލަށް ވުރެ ބާރަށް ވައި ޖެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާދީފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫސުން ހަރުކަށިވެ، ތަފާތު ސަރަހައްދުތަކަށް ވާރޭވެހި، ކަނޑުގައި ރަޅު ބޮޑުވަމުންދާ ދުވަސްވަރެކެވެ. މޫސުމާބެހޭ އިދާރާއިން ރައްޔިތުންނަށް ލަފާދެނީ މި ދުވަސްވަރު ބޭރަށް ނުކުތުމުގައި ސަމާލުވުމަށާއި، ކަނޑު ދަތުރުތަކުގައި ވަރަށް ބޮޑަށް ސަމާލުވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.