މިއަހަރުގެ އަޟްހާ އީދާ ގުޅިގެން ކަލަންޑަރުގައި ކުރިން ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރުން އެއްވެސް ދުވަހެއް ބަންދެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، މިއަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދުގެ ބަންދުތަކުގެ ގޮތުގައި ހަމައެކަނި ލިބޭނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ފާހަގަކޮށްފައިވާ ދުވަސްތައް ކަމަށެވެ.
ސައުދީ އަރަބިއްޔާއިން އިއްޔެ އިއުލާނުކުރި ގޮތުގައި، މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން 5 ވާ ބުރާސްފަތި ދުވަހާއެވެ. މިއީ ކަލަންޑަރުގައި ކުރިން ވެސް ކަނޑައެޅިފައިވާ ގޮތާ އެއްގޮތަށެވެ.
އަޟްހާ އީދުގެ ފުރަތަމަ ދެ ދުވަސް ހަފްތާ ބަންދާ ދިމާވުމުން، މި ފަހަރު ބަންދުގެ ގޮތުގައި ޖުމްލަ ލިބެނީ ފަސް ދުވަހެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގައި އަޟްހާ އީދުގެ ބަންދުގެ ގޮތުގައި އެންމެ މަދުން ދުވަސްތަކެއް ލިބޭ ފަހަރެކެވެ.
ކޮމެންޓު ފޮނުވާ