އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިނގައިފި

އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު މާރާމާރީއެއް ހިނގައިފި

Author
ހުސެއިން
25 މެއި 2025 10:07
0

އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ހިންގި މާރާމާރީއެއްގައި އާއިލާގެ އެހެން މެންބަރުން ބައިވެރިވެ، ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ. މި ހާދިސާގައި ބައިވެރިވި ދެމީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިއަދު މެންދުރު 13:00 ގައި ހުޅުމާލެ ބުރެވިގަސް މަގުގައި ހުރި ލޮޓް އެއްގެ ކައިރީގައި ހިނގި މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ވަގުތުން މައްސަލަ ބެލުމަށް ފުލުހުން ތަނަށް ދިޔައެވެ. ފުލުހުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި މިއީ އަންހެނެއްގެ ކުރީގެ ފިރިމީހާއާއި މިހާރުގެ ލޯބިވެރިޔާއާ ދެމެދު ހިނގި ދެބަސްވުމަކުން ފެށިގެން ހިނގި މާރާމާރީއެކެވެ.

މި ހާދިސާގައި އާއިލާގެ އެހެން މެންބަރުން ވެސް ބައިވެރިވެ، ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މާރާމާރީގައި އެކަކުގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު، ދެމީހުންނަށް ތަފާތު އެކި އެކި ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކުރިއެވެ.

އަނިޔާ ލިބުނު ފަރާތްތަކަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، މިހާރު އެ ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަފުސީލުކޮށް ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.