ފުލުހުން ބްރޯޑްކޮމްއަށް ވަނީ ސާވާގެ މައްސަލައެއް ހައްލުކުރުމަށް

ފުލުހުން ބްރޯޑްކޮމްއަށް ވަނީ ސާވާގެ މައްސަލައެއް ހައްލުކުރުމަށް

Author
ހުސައިން
21 މެއި 2025 09:59
0

މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސާވާއަށް ދިމާވި މައްސަލައެއް ޙައްލުކުރުމަށް ފުލުހުންގެ ޓެކްނީޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބްރޯޑްކޮމްއަށް ވަދެގެން އުޅެނީ ތަޙްޤީޤެއް ކުރިއަށްގެންދިޔުމަށް ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް، ފުލުހުން މިރޭ ވިދާޅުވީ އެ ތަނަށް ދިޔައީ ހަމައެކަނި ސާވާގެ މައްސަލަ ޙައްލުކޮށްދިނުމަށްކަމަށެވެ. އެއީ އެއްވެސް ތަޙްޤީޤަކާ ގުޅިގެން ނޫންކަން ފުލުހުން ސާފުކޮށް ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން، ބްރޯޑްކޮމްގެ ބައެއް މެމްބަރުންނާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުން ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު މިއަދު މަސައްކަތް ހުއްޓާލައި ގޭގެއަށް ގޮސްފައިވެއެވެ. އެ މުވައްޒަފުން ހިތްހަމަނުޖެހުނީ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާއި، ބޭއިންސާފުން ކަންތައްތައް ކުރަމުންދާކަމަށް ބުނެއެވެ.

ބްރޯޑްކޮމްގައި މަސައްކަތްކުރާ ޖުމްލަ 26 މުވައްޒަފުންގެ ތެރެއިން، މިއަދު މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައެވެ. އަދި އެހެން ބައެއް މުވައްޒަފުން ވަނީ ސަލާމް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.