އެޗްޕީއޭގެ އިންޒާރެއް؛ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން

އެޗްޕީއޭގެ އިންޒާރެއް؛ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 09:14
0

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ޙަމަލާދީ އެމައްސަލަ ފުލުހުން ތަހުގީގް ކުރަމުން ދަނިކޮށް އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެޗް.އީ.އޯ.ސީއާއި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި އަދި ކޯވިޑް-19 އަށް ޓެސްޓުކުރުމުގައި ދެމުންދާ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމުންގެންދާ ޚިދުމަތްތަކެކެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ވާހަކަ ދަންނަވަމެވެ.

އެޗްޕީއޭއިން ވިދާޅުވީ މިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އެހީތެރިކަން ދެއްވުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި މިހާތަނަށް ހުރިހާ ފަރާތްތަކުންވެސް ކުރައްވަމުން ގެންދަވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކޮށް ޢާއްމުންގެ ފަރާތުން މިކަމުގައި ދެއްވާ އެއްބާރުލުންވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ޚިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކަށްވެސް އިޖާބަދީ ޚިދުމަތް ފޯރުކޮށްދެމުންދާނީ ކަނޑައެޅިފައިވާ އުސޫލުގެ މަތީންކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ. މިމަސައްކަތްތަކުގައި ސިއްހީ ޚިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތްކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އަދި އޯގާތެރިކަމާއެކުގައި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެ އެވެ.

އެޗްޕީއޭއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ޙަމަލާދިން މައްސަލާގައި މިހާތަނަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. މިކަމުގެ ކަންބޮޑުވުން ގިނަބަޔަކު ސޯޝަލް މީޑީޔާގައި ފާޅުކުރަމުންދާއިރު، މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.