ރައުދުގެ ބަންދު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ރައުދުގެ ބަންދު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ގުޅުންހުރި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ވެއްޓި ހައްވާ ޔުމްނު ރަޝީދުގެ (21) މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް (21) އޭނާގެ ބަންދުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. އެންމެ ފުރަތަމަ އޭނާގެ ބަންދަށް 5 ދުވަސް ކަނޑައަޅާފައިވީ ނަމަވެސް، އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށްފައިވެއެވެ.

ރައުދުގެ ފަރާތުން މައްސަލަ އިސްތިއުނާފުކޮށްފައިވަނީ އޭނާ ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެއެވެ. މި މައްސަލަ ހައިކޯޓުން ބަލައިގަނެފައިވާއިރު، ރައުދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 5 ނުކުތާއެއް ވެއެވެ.

އިސްތިއުނާފީ ނުކުތާތައް:

  1. ދެ ހަސްމުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ފަނޑިޔާރު އަމިއްލައަށް މުއްދަތު ޖެހުން
  2. ފަނޑިޔާރު ހަވާލާދިން މާއްދާއާ ޚިލާފަށް ބަންދުގެ މުއްދަތު ކަނޑައެޅުން
  3. ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ހެކި ހުށަހެޅުން
  4. ނުބައި މާއްދާއަކާ ހަވާލާދީ ފުލުހުން ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދުން
  5. އާ ހެއްކެއް ހުށަހަޅާފައި ނެތި ހެކީގެ ނިސްބަތާއި ދަރަޖަ މަތިކުރުން

ރައުދު ހައްޔަރުކުރިއިރު ފުލުހުން އޭނާގެ މައްޗަށް 4 ތުހުމަތެއް ކޮށްފައިވެއެވެ. އެއީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް އޮތުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތު އަދި މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތާލަފާނެ ކަމުގެ ތުހުމަތެވެ. ނަމަވެސް، ފަހުން ފުލުހުން ވަނީ ޖިންސީ ބޭނުން ހިފުމުގެ ކުށުގެ ތުހުމަތު އުނިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ