ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖައްސައިފި

ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖައްސައިފި

Author
އިބްރާހީމް ސާޢިދު
03 ޖެނުއަރީ 2021 12:18
0

ޕީއެސްޖީގެ ކޯޗުގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފި އެވެ.

ޕޮޗެޓީނޯއާއެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމަށެވެ. އެކަމަކު މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އޭނާ އެ ޓީމުގައި ބެހެއްޓޭނެއެވެ. މީގެކުރިން ޕީއެސްޖީއަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ޕޮޗެޓީނޯ ވަނީ 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ޖުމްލަ 95 މެޗު ކުޅެދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕީއެސްޖީއާއެކު ޔުއެފާ އިންޓަޓޮޓޯ ކަޕް ކާމިޔާބުކޮށްފަ އެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަހަރެއް ފަހުން ޓީމަކާ ހަވާލުވިއިރު، ޓޮޓެންހަމުގެ ކޯޗުގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޓޮޓެންހަމުގެ ތާރީހުގައި މުޅިން އަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ، ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ޕީއެސްޖީގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖެއްސީ، 2018 ވަނަ އަހަރު އެ ޓީމާ ހަވާލުވި އުމުރުން 47 އަހަރުގެ ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމަށްފަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.