ގިނަ ގޭބިސީތަކުގެ އޭޕްރީލް މަހުގެ ކަރަންޓު ބިލަށް އެރި އަދަދަކީ މާޗު މަހާ އެއްވަރުގެ އަދަދެއްކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ. މިކަން މިގޮތަށް ދިމާވެފައިވަނީ އޭޕްރީލް މަހުގައި ސްޓެލްކޯއިން ދިން ޚާއްޞަ ޑިސްކައުންޓުގެ ސަބަބުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މިކަން ހާމަކުރަމުން ވަނީ ބުނެފައިވަނީ، ރޯދަ މަސް ދިޔަ މާޗު މަހުގެ އިތުރުން އޭޕްރީލް މަހުގައިވެސް ޑިސްކައުންޓް ދިނުމަށް ނިންމީ، އޭޕްރީލް މަހަކީ ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރުން އިތުރުވެ ބިލުތައް ބޮޑުވާ މަހެއް ކަމުގައި ފާހަގަކުރެވޭތީކަމަށެވެ. އަދި މިއީ ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމަށް އެޅި ފިޔަވަޅެއްކަމުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މާޗު މަހާއި އޭޕްރީލް މަހާ ދެމެދު ކަރަންޓު ބޭނުންކުރެވުނު އަދަދުގައި ތަފާތުތަކެއް ހުރި ނަމަވެސް، މި ދެ މަހުގެ ބިލްގެ އަދަދު ހަމަހަމަވެފައިވަނީ ސްޓެލްކޯއިން ދިން ޚާއްޞަ ޑިސްކައުންޓުގެ ސަބަބުންނެވެ.
މިއީ ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކަށް ލުޔެއްދިނުމަށް ސްޓެލްކޯއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅުކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ