ޓީސީގެ ސެއިންޓް ވިންސެންޓްގެ ފޯވާޑް ޓީމާ ގުޅިއްޖެ

ޓީސީގެ ސެއިންޓް ވިންސެންޓްގެ ފޯވާޑް ޓީމާ ގުޅިއްޖެ

Author
އިބްރާހީމް ސާޢިދު
03 ޖެނުއަރީ 2021 11:51
0

މި ފަަހަރުގެ ސީޒަނަށް ޓީސީ ޓީމުގައި ޖެހި ސެއިންޓް ވިންސެންޓްގެ ފޯވާޑް ކެސިއަސް މެލްކަމް ސްޓެވާޓް، އެ ޓީމުގެ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މިދިޔަ ސީޒަނުގެ ފަހު ކޮޅުގައި ޓީސީން މެލްކަމް ގެނައީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު ކޮވިޑް-19އާ ހެދި އޭއެފްސީ ކަޕް މެދުކަނޑާލުމުން މެލްކަމް އެނބުރި ގައުމަށް ދިޔައީ މި ސީޒަނަށް ޓީސީއާ ގުޅެން އެއްބަސްވުމަށް ފަހު ކަމަށް ވަނީ އެނގިފަ އެވެ.

ޓީސީ އަށް ދެން ކުޅޭ ބިދޭސީ ކުޅުންތެރިއަކީ އަޒަރުބައިޖާންގެ ޔޫތު ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު އާޒާދު މަމަދޯފް އެވެ. މީގެ އިތުރުން ސްރީލަންކާގެ ޑިފެންޑަރު ޑަކްސަން ވެސް މިސީޒަނުގައި އެޓީމަށް އަންނަނީ ކުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.