ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން ދަނީ

ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން ދަނީ

Author
ހުސައިން
08 މެއި 2025 07:49
0

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 31 އަހަރުގެ އަންހެން މީހާގެ ހާލު ސީރިއަސްވުމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ (އައިޖީއެމްއެޗް) އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދޭން ފަށައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހުމުން ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، ތިނަދޫ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އެމަޖެންސީކޮށް ހަމަ އެދުވަހު އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައެވެ.

ފުލުހުންގެ ފަރާތުން އިތުރަށް ވިދާޅުވީ، އެ އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އިންފެކްޝަން އުފެދުމުގެ ސަބަބުން އޭނާގެ ހާލު ވަނީ އިތުރަށް ސީރިއަސްވެފައި ކަމަށާއި، އެހެންކަމުން މިހާރު އޭނާއަށް ވަނީ އައިސީޔޫގައި ޚާއްސަ ފަރުވާ ދޭން ފަށާފައެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި ފަރާތް ފުލުހުން ވަނީ ހާޒިރުކޮށް ތަޙުޤީޤުގައި ސުވާލުކޮށްފައެވެ. އަދި މި މައްސަލަ މިހާރު ވަނީ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.