މަކުނުދޫ ސްކޫލުގައި ކައުންސިލުން އިސްނަގައިގެން އެޅި ޓާފް ފުޓްސަލް ދަނޑު ހުޅުވައިފި

މަކުނުދޫ ސްކޫލުގައި ކައުންސިލުން އިސްނަގައިގެން އެޅި ޓާފް ފުޓްސަލް ދަނޑު ހުޅުވައިފި

ގުޅުންހުރި

މަކުނުދޫ ކައުންސިލުގެ އިސްނެގުމުގެ ދަށުން، ހދ. މަކުނުދޫ ސްކޫލުގައި އަލަށް ތަރައްޤީކުރެވުނު ޓާފް ފުޓްސަލް ދަނޑު އިއްޔެ ރަސްމީކޮށް ހުޅުވާލެވިއްޖެއެވެ. މި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ މަކުނުދޫ ކައުންސިލްގެ މެންބަރު މުޙައްމަދު ޝައްމާޙް އަދި ޓަފްކޫލް އިންވެސްޓްމަންޓްގެ ވެރިޔާ އަޙްމަދު ސިނާޒެވެ.

މަކުނުދޫ ކައުންސިލާއި ސްކޫލާއި ގުޅިގެން ތަރައްޤީކުރެވުނު މި ދަނޑަކީ ރަށުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބިގެން ނިންމާލެވުނު މުހިންމު މަޝްރޫޢުއެކެވެ. ޓަފްކޫލް އިންވެސްޓްމަންޓުން މި މަޝްރޫޢުއަށް މާލީ އަދި ޢަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ރަށުގެ ގިނަ ރައްޔިތުން ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވެ މަސައްކަތްކޮށްދީފައިވެއެވެ. މި ފަރާތްތަކުގެ އެހީތެރިކަން ކައުންސިލުން ޚާއްޞަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

ދަނޑު ތަރައްޤީކުރުމުގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ދަރިވަރުންނަށް ހޯލުގެ ތެރޭގައި އެކަށީގެންވާ ކުޅިވަރު ކުޅޭނެ ތަނެއް ޤާއިމުކޮށްދިނުމާއި، ދަރިވަރުންގެ ކުޅިވަރުގެ ހުނަރުތައް ތަރައްޤީކޮށް ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކުރުންކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މަކުނުދޫ ކައުންސިލުން ދައްކާފައިވާ ލީޑަރޝިޕާއި ރަށުގެ އެކި ފަރާތްތަކުން ދީފައިވާ އެއްބާރުލުމަކީ ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި މުޖުތަމަޢުގެ ބައިވެރިވުމުގެ މުހިންމުކަން ހާމަކޮށްދޭ ރަނގަޅު މިސާލެއްކަމަށް ގިނަބަޔަކު ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ