މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެމްޓީއޭއިން ގޮވާލައިފި

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެމްޓީއޭއިން ގޮވާލައިފި

Author
ހުސައިން
01 މެއި 2025 01:48
0

އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން ސަރުކާރަށް ގޮވާލައިފިއެވެ. އެމްޓީއޭއިން މިކަމަށް ގޮވާލީ މިއަދު ފާހަގަ ކުރެވެމުންދާ ބައިނަލްއަގުވާ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައެވެ. އެމްޓީއޭގެ ބަޔާނުގައި ވަނީ މިގޮތުން މަސައްކަތްތެރިންގެ އަސާސީ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އަމިއްލަ ވިޔަފާރިތަކަށާއި ސަރުކާރުގެ ކިބައިން އެދިފައެއެވެ.

އެމްޓީއޭއިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުކޮށް ކުރިއެރުވުމުގައި މަސައްކަތްތެރިންގެ ދައުރު ވަރަށްބޮޑުކަމަށް ބުނެފައެވެ. އަދި ދިވެހި މަސައްކަތްތެރިންނާއި ބިދޭސީ މަސައްކަތްތެރިން ޤައުމަށް ކުރަމުންދާ ޚިދުމަތްތައް ފާހަގަކޮށްފައިވެއެވެ.

"މަސައްކަތްތެރިންނަކީ ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީގެ މައިގަނޑު ބިންގަލެއް. އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ސަރުކާރުގެ އިސް ޒިންމާއެއް ކަމުގައި ދެކެމެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން ތިން ކަމަކަށް ސަރުކާރަށް ގޮވާލައިފައިވެއެވެ. މީގެތެރޭގައި ހިމެނެނީ:

  • ހުރިހާ މަސައްކަތްތެރިންނަށް ސަލާމަތްތެރި މަސައްކަތުގެ މާޙައުލެއް ކަށަވަރު ކޮށްދިނުން
  • އިންސާފުވެރި އުޖޫރައެއް ލިބޭނެ ނިޒާމެއް ޤާއިމް ކޮށްދިނުން
  • ދިވެހިރާއްޖޭގެ މަސައްކަތްތެރިންނަށް ދެމެހެއްޓެނިވި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުން

އެމްޓީއޭގެ ބަޔާނުގައި ވަނީ، އިޤްތިޞާދު ކުރިއެރުވުމަށް ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.