ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރާ ކޮމިޝަނަށް އިތުބާރު ނެތްކަމަށް ދެކެވޭ ވާހަކަތަކާމެދު ހައިރާނެއް ނުވޭ: މުނައްވަރު

ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރާ ކޮމިޝަނަށް އިތުބާރު ނެތްކަމަށް ދެކެވޭ ވާހަކަތަކާމެދު ހައިރާނެއް ނުވޭ: މުނައްވަރު

Author
ޙަސަން މުޙައްމަދު
30 އޭޕްރިލް 2025 02:12
0

ހ. މިޓާޒްގައި ހުރި ގުދަނުގެ ފުރާޅުމައްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި ރިޔާސީ ކޮމިޝަނަށް، އާއިލާގެ ފަރާތުންނާއި މުޒާހަރާތަކުގައި އިތުބާރު ނެތްކަމަށް ދެކެވޭ ވާހަކަތަކާމެދު ހައިރާން ނުވާކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ، "އިތުބާރު މިއީ ފާޑެއްގެ ކަމެއް ނޫންތޯ. އިތުބާރު ކުރެވެންޖެހޭ ސަބަބެއް ވެސް އޮންނަންޖެހޭ ނޫންތޯ. ދެން މިހާ ހިސާބަށް ރާއްޖޭގެ އުފެއްދުން ރިޔާސީ ކޮމިޝަންތައް. ކަންތައް ދިޔަގޮތް. އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާކަށް ހިއެއްނުވޭ ޖެހިދާނެ ހެނެއް."

އޭނާ ވިދާޅުވިގޮތުގައި، މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ކޮމިޝަންތަކުން މަސައްކަތް ކުރިގޮތުގެ ސަބަބުން މިފަދަ އިތުބާރު ނެތުމުގެ މައްސަލަ ދިމާވަނީ. ރައީސް ނަޝީދު އިސްތިއުފާ ދެއްވި މައްސަލަ ބަލަން އުފެއްދި ކޮމިޝަނުން ރިޕޯޓެއް ނެރުނު ނަމަވެސް، އޭގެ ފަހުން އުފެއްދި ކޮމިޝަންތަކުން ނަތީޖާއެއް ފެނިފައިނުވާކަމަށް މުނައްވަރު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަންގެ މަސައްކަތައް ވީގޮތެއް ނޭނގޭ ކަމަށާއި، އެފަދަ ކޮމިޝަންތައް "ވާނުވާއެއްގެ" ތެރޭގައި އޮތްކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރަން ރިޔާސީ ކޮމިޝަން ރައީސް މުއިއްޒު އުފެއްދެވީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ކޮމިޝަނަށް ފުރަތަމަ އައްޔަންކުރެއްވީ ޑރ. މުޙައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު އަދި ޑރ. މުޙައްމަދު ޙަބީބުއެވެ. ނަމަވެސް ހަބީބު ވަނީ ދެ ދުވަސްފަހުން އިސްތިއުފާ ދެއްވާފައެވެ. އޭގެފަހުން ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް ކޮމިޝަނަށް އައްޔަންކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާގޮތުން، މި ކޮމިޝަނަކީ ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނެ ކޮމިޝަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.