އަންހެން ކުއްޖާ ވެއްޓުނު ހާދިސާ: ރައުދު ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެ

އަންހެން ކުއްޖާ ވެއްޓުނު ހާދިސާ: ރައުދު ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެ

Author
ހުސެއިން
24 އޭޕްރިލް 2025 12:42
0

އަންހެން ކުއްޖާ ވެއްޓުނު ހާދިސާ ހިމެނޭ ރައުދު ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް މިއަދު އެދިއްޖެއެވެ.

ރައުދު (ވ) ފަރާތުގައި
ރައްދު ހައްޔަރުކުރަން ކޯޓް އަމުރެއް ނެރެފިން : ފުލުހުން
ފުރާޅު މައްޗަށް ވެއްޓުނު އަންހެންކުއްޖާ އާއި އެކު ހުރި ރައުދު އަހްމަދު ޒިލާލް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރެފފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މި މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށް މައްސަލާގައި ހިމެނޭ އެކަކު ހައްޔަރުކުރަން ނިންމާފައި މިވަނީ މި ހާދިސާ ހިނގިތާ ހަފްތާއެއް ވަނިކޮށްކަމަށެވެ.

ފުލުހުން ކުރިން ބުނީ މި މައްސަލާގައި ހިމެނޭ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ކެނެބިސްއަށް ޕޮޒިޓްވެފައިވާކަމަށެވެ. އަދި އޭނާ އަންހެން ކުއްޖާއާއި އެކު ބަދު އަހްލާގީ އަމަލުތައް ހިންގަމުން ދާތަން ފެނިފައިވާކަމަށެވެ. މީގެއިތުރުން އަންހެން ކުއްޖާ އަށް ވީނުވީއެއް ނޭނގުމުން ެެކަން ރިޕޯޓް ނުކޮށް ގޮސްފައިވާކަމަށެވެ.

މިހާރު ބާއްވަމުންދާ ޕްރެސްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ރައުދު ހައްޔަރުކުރަން ކޯޓް އަމުރެއް މިހާރު ނެރެފައިވާކަމަށާއި އޭނާ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.