ޓޫރިސްޓުންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން ރައީސް މުއިއްޒު ހިތާމަފުޅު ފާޅުކުރައްވައިފި

ޓޫރިސްޓުންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން ރައީސް މުއިއްޒު ހިތާމަފުޅު ފާޅުކުރައްވައިފި

ގުޅުންހުރި

އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގާމްގައި ޓޫރިސްޓުންނަށް އަމާޒުކޮށް ދެވުނު ބަޑި ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހިތާމަފުޅު ފާޅުކުރައްވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕަހަލްގާމްގައި ހިންގުނު ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއިން ކުށެއްނެތް އާންމު ރައްޔިތުން މަރުވެ، އަނިޔާ ލިބިފައިވާ ޚަބަރުން އެމަނިކުފާނަށް ސިހުން ލިބި އިންތިހާއަށް ހިތާމަކުރައްވާ ކަމަށެވެ.

"މި ދަތި އުނދަގޫ ވަގުތުގައި އަޅުގަނޑުމެންގެ ޚިޔާލާއި ފިކުރުތައް ވަނީ އަނިޔާ ލިބުނު މީހުންނާއި އެމީހުންގެ އާއިލާތަކާއެކުގައި" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ފަރާތުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށްވެސް ރައީސް އިތުރަށް ފާހަގަކުރެއްވި އެވެ.

އޭއެފްޕީއަށް އިންޑިއާގެ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހަމަލާތަކުގައި މިހާތަނަށް 24 މީހަކު މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި އާންމުންނަށް އަމާޒުކޮށްގެން ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ