ތިން ގަޑިއިރަށްވުރެ ދިގު ބަހުސްތަކަށްފަހު، ޝައްމާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

ތިން ގަޑިއިރަށްވުރެ ދިގު ބަހުސްތަކަށްފަހު، ޝައްމާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

Author
ހުސައިން
23 އޭޕްރިލް 2025 02:36
0

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝައްމާން ވަހީދުގެ ހައްޔަރާ ގުޅޭ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުގައި ނިމިގެން ހިނގައްޖެއެވެ. ދެ ދުވަހަކަށް ބަހާލައިގެން ތިން ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް މި މައްސަލައިގެ ބަހުސްތައް ކުރިއަށް ގެންދެވުނެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީޢު، ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންއެވެ. ބެލެވޭ ގޮތުގައި މި މައްސަލައިގެ ހުކުމް އަންނަ ހަފްތާ ނިމުމުގެ ކުރިން އިއްވާނެއެވެ.

ޝައްމާންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، ފުލުހުން އޭނާއާމެދު ޢަމަލުކުރަމުންދަނީ މީގެ ކުރިން އެއްވެސް މީހަކާމެދު ޢަމަލުނުކުރާ އުސޫލަކުންނެވެ. އެހެންނަމަވެސް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، ޝައްމާން މަޤާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކޮށްފައިވަނީ ފްރޭމްކޮށްގެން ނޫން ކަމަށާއި، އެއްވެސް ޒާތީ މައްސަލައެއް އޭނާއާ ނެތް ކަމަށެވެ.

މީގެ އިތުރުން ޝައްމާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ފިރިކަލުން ޝައްމާން ހައްޔަރުކޮށްފައިވަނީ "ނުޙައްޤުން، ފްރޭމްކޮށްގެން" ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.