ހުޅުމާލެ ހިޔާ ޓަވަރު ހަތެއްގައި މާދަމާ ވަގުތީގޮތުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލެ ހިޔާ ޓަވަރު ހަތެއްގައި މާދަމާ ވަގުތީގޮތުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
ހުސެއިން
19 އޭޕްރިލް 2025 09:20
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރު ހަތެއްގެ ކޮންމެ އެޕާޓްމަންޓަކުން މާދަމާ ވަގުތީގޮތުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި މުހިންމު ބައެއް މަސައްކަތްތައް ކުރުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތްތައް އެކި ދުވަސްތަކުގައި އެކި ޓަވަރުތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުރަތަމަ މަރުހަލާގައި މާދަމާ (20 އެޕްރީލް 2025) އާދީއްތަ ދުވަހު ހިޔާގެ ފުރަތަމަ ޓަވަރުގައި މި މަސައްކަތް ކުރެވޭނެއެވެ. ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު، އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ހިނގައިދާނެ ކަމަށް ސްޓެލްކޯއިން ވަނީ އިންޒާރުދީފައެވެ.

މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯގެ ފަރާތުން ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޕީކް ސީޒަންއާ ދިމާކޮށް ހުޅުމާލޭގައި އިތުރު އިންޖީނުތަކެއްވެސް ސްޓެލްކޯއިން އޮޕަރޭޝަނަށް ތައްޔާރުކޮށްފައިވާ ކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.