ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ ހާލަތު ސީރިއަސް

ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ ހާލަތު ސީރިއަސް

Author
ހުސައިން
19 އޭޕްރިލް 2025 05:53
0

މާލޭގައި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ މިވަގުތު އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވާފައިވެއެވެ. މި މީހާގެ ހާލަތު މިވަގުތު ސީރިއަސްކަމަށް ވެސް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭ މަޢުލޫމާތުތައް:

  • 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ
  • ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު 7:23 ހާއިރު ހެންވޭރުގައި ހުންނަ ގެއެއްގައި
  • މީހާ ވެއްޓިފައިވަނީ ކައިރީގައި ހުރި އިމާރާތެއްގެ މަތިންކަމަށް މަޢުލޫމާތު ލިބިފައިވޭ
  • އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވުނު
  • ވެއްޓުނު ގޭގެ ފުރާޅުގަނޑު ވަރަށް ބޮޑަށް ބަނޑިވެފައިވާކަމަށް ބުނެފައިވޭ

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އަނިޔާލިބުނު މިންވަރުގެ ތަފްޞީލު އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.