ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން!

ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން!

ގުޅުންހުރި

ބ. ކެންދޫގައި މެންދުރުފަހުން ފެށިގެން ކަރަންޓު ނުލިބުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަން ފަށައިފިއެވެ. އަދި ރަށުގައި މިއަދު 2:30 އިން ފެށިގެން ކަރަންޓު ނުލިބޭ ކަމަށާއި، މިރޭވެސް ކަރަންޓު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ކުރިންވެސް މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވީނަމަވެސް، ދާއިމީ ހައްލެއް ނުލިބުމުގެ ސަބަބުން މިހާރު މިހާލަތަށް ދާންޖެހިފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް އޭނާ ގޮވާލައްވާފައިވެއެވެ.

އެނގިފައިވާ ގޮތުގައި ކެންދޫއަށް ކަރަންޓު މިހާރު ދެމުން ގެންދަނީ ބައިގަޑިން ބައިގަޑިއަށް ކަނޑަމުން ކަހަލަ ގޮތަކަށް ކަމަށެވެ. އަދި މި މައްސަލަ ދިމާވެފައިވަނީ ދެ އިންޖީނަކަށް މައްސަލަ ދިމާވުމުގެ ސަބަބުން ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިން ފެނަކައާ ބައްދަލުކުރީމަ ބުނީ 600 ކިލޯވޯޓުގެ ޖަނެރޭޓަރެއް ފޮނުވަދޭނަމޭ. އެކަމު މިހާރު އެނގިއްޖެ ފޮނުވަން އޮތް ޖަަނެރޭޓަރު އެހެން ރަށަކަށް ފޮނުވިކަން" ބައެއް މީޑިއާތަކަށް މައުލުމާތު ދެއްވަމުން ކެންދޫ ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.

ކެންދޫގެ އިތުރުން އައްޑޫ ސިޓީގައިވެސް ކަރަންޓުގެ މައްސަލަތަކަށް އަދިވެސް ހައްލު ނުލިބޭތީ، އެ ސިޓީގެ ރައްޔިތުންގެ ނުރުހުން ވަނީ އިތުރުވެފައެވެ. އައްޑޫގައި ކެޕޭސިޓީގެ މައްސަލަ އަބަދުވެސް ބޮޑުވެފައިވާއިރު، އިންޖީނުތަކާއި ޖެނެރޭޓަރުތައް ހަލާކުވުމުގެ ސަބަބުން މިފަހަކަށް އައިސް، އައްޑޫގެ ގުޅިފައިވާ ހަތަރު ރަށަށް ކަރަންޓު ކެނޑެމުން ދިޔައީ ވަކި ތާވަލެއްގެ ދަށުން، ވަކި އިރެއް ވަންދެން އެކި ގެއިން ކަރަންޓު ކަނޑަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ