ރާއްޖެއާއި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓް ދެމެދު ތަރައްޤީގެ މަޝްރޫޢުތަކެއްގައި ސޮއިކުރަނީ

ރާއްޖެއާއި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓް ދެމެދު ތަރައްޤީގެ މަޝްރޫޢުތަކެއްގައި ސޮއިކުރަނީ

Author
ހުސައިން
14 އޭޕްރިލް 2025 07:40
0

ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ)އާއި ދިވެހިރާއްޖެއާ ދެމެދު ތަރައްޤީގެ މަޝްރޫޢުތަކެއްގައި ސޮއިކުރުމަށް ހަމަޖެހިއްޖެއެވެ. އެސްއެފްޑީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިޒް އެކްސެލެންސީ ސުލްތާން ބިން ޢަބްދުއްރަހްމާން އަލް މަރްޝަދު އިއްޔެއިން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ސިއީއޯ ސުލްތާން ބިން ޢަބްދުއްރަހްމާން އަލް މަރްޝަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ފައިނޭންސިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ސަޢޫދީ ފަންޑު ފޮ ޑިވެލޮޕްމަންޓްގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ. މި ފަންޑުން ލުއި ލޯނުތަކާއި ހިލޭ އެހީގެ ޛަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ ކުރިއަރުވަމުންދާއިރު، މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސައުދީ ފަންޑަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. މި ފަންޑުން މިހާތަނަށް ދިވެހިރާއްޖޭގެ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.