"މުޅި ލާމު ޣައްޒާއާއެކު"، ސައިކަލު ބުރެއް އިންތިޒާމުކޮށްފި

"މުޅި ލާމު ޣައްޒާއާއެކު"، ސައިކަލު ބުރެއް އިންތިޒާމުކޮށްފި

ގުޅުންހުރި

ލ. އަތޮޅުގައި "މުޅި ލާމު ޣައްޒާއާއެކު" ނަމުގައި ވެހިކަލް ބުރެއް ބޭއްވުމަށް އިންތިޒާމް ކޮށްފިއެވެ. މި ވެހިކަލް ބުރަކީ ޣައްޒާގެ ރައްޔިތުންނާއެކު ލ. އަތޮޅުގެ ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އިންތިޒާމުކުރާ ހަރަކާތެކެވެ.

މި ހަރަކާތް އިންތިޒާމުކުރަނީ ލ. ގަމާއި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި އަތޮޅުގެ މަދަނީ ޖަމިއްޔާތައް ގުޅިގެންނެވެ. ވެހިކަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހާ ދިމާވާ ހުކުރު ދުވަހުގެ ހަވީރު ލާމު ލިންކު ރޯޑުގައެވެ.

އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތު ދެއްވާގޮތުގައި މި ވެހިކަލް ބުރުގެ ދަތުރުކުރާނެ މަގުތަކާއި ފެށޭނެ ވަކި ގަޑިއެއް ފަހުން އިޢުލާންކުރާނެއެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދެ ކައުންސިލުން ވަނީ އާންމުކޮށް ގޮވާލާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޣައްޒާގެ މުޖާހިދުންނަށް ހިތްވަރުދީ، އެ ސަރަހައްދުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން މިފަދަ ގިނަ ހަރަކާތްތަކެއް މިވަގުތު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ