ތުރުކީއިން ރާއްޖެއަށް ފޮނުވާ މިސައިލް ހަރުކުރެވޭ މަނަވަރަށް ބޭނުންވާ ތަމްރީން ދިވެހި ސިފައިން ދަނީ ހަދަމުން

ތުރުކީއިން ރާއްޖެއަށް ފޮނުވާ މިސައިލް ހަރުކުރެވޭ މަނަވަރަށް ބޭނުންވާ ތަމްރީން ދިވެހި ސިފައިން ދަނީ ހަދަމުން

ގުޅުންހުރި

ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް މިސައިލް ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާކަމަށާއި މަނަވަރު އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަމްރީން ދިވެހި އެގައުމުގައި މިހާރު ހަދަމުންދާކަމަށް ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.  ތުރުކީގެ ދިފާޢީ ވުޒާރާއިން އެ ޤައުމުގެ މައި ނޫސް އެޖެންސީ ކަމުގައިވާ އަނަޑޯލުއަށް ދީފައިވާ މަޢުލޫމާތުގައި ވާގޮތުން، ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ ޑޮގަން ކްލާހުގެ ފާސްޓް އެޓޭކް ކްރާފްޓެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) އެވެ.

ހަދިޔާކުރުމަށް ހަމަޖެހިފައިވާ މި މަނަވަރަކީ މީގެ ކުރިން ތުރުކީގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އައި، މިސައިލް އުދުއްސާލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ތުރުކީގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ހަދިޔާއަކީ ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ ފުޅާ އެއްބަސްވުމެއްގެ ދަށުން ދެވޭ ހަދިޔާއެކެވެ. މި އެއްބަސްވުމަކީ މެޓީރިއަލް ސަޕޯޓާއި ތަމްރީނުގެ ޒަރީޢާއިން ދިވެހިރާއްޖޭގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް ވެފައިވާ އެއްބަސްވުމެއްކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި އުޅަނދު ދިވެހިރާއްޖެއަށް ޓްރާންސްފަރކުރުމުގެ ތައްޔާރީތަކުގެ ތެރެއިން ޓީސީޖީ ވޮލްކަން އުޅަނދުގައި އިސްތަންބޫލް ނޭވަލް ޝިޕްޔާޑް ކޮމާންޑްގެ ފަރާތުން މެއިންޓެނެންސް އަދި މަރާމާތުތައްވެސް ވަނީ ކޮށްފައެވެ. މި މަނަވަރު ޑޮކް ލޭންޑިންގ އުޅަނދެއްގައި ދިވެހިރާއްޖެއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހާއި ޖޫން މަހުގެ ތެރޭގައިކަން ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް މި މިސައިލް މަނަވަރު އައުމުން ތުރުކީގެ ކަނޑުގެ ސިފައިންގެ ޓީމަކުން މި ބޯޓު އެކްޓިވޭޓްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުލް ޓްރާންސްފަރ މަރުޙަލާ 2025 ވަނަ އަހަރުގެ ޖުލައި މަހު ނިމޭނެކަމަށްވެސް ތުރުކީގެ ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ