ރާއްޖެއަށް ގެނެވޭ މިސައިލް އުދުއްސާލެވޭ ފުރަތަމަ މަނަވަރު: ބޭނުމަކީ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަގުފަހިކުރުން

ރާއްޖެއަށް ގެނެވޭ މިސައިލް އުދުއްސާލެވޭ ފުރަތަމަ މަނަވަރު: ބޭނުމަކީ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް މަގުފަހިކުރުން

ގުޅުންހުރި

ތުރުކީ ވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މިސައިލް ފޮނުވާ ވައްތަރުގެ މަނަވަރު ދިވެހި ސިފައިންގެ ހިދުމަތަށް ތަޢާރަފުކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފިއެވެ.

ތުރުކީގެ އަސްކަރިއްޔާގެ ފަރާތުން މި މަނަވަރު ރާއްޖެއަށް ހަދިޔާކުރަނީ ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުންކަން އެ ފަރާތުން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެވުމަކީ ހަމައެކަނި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ނޫންކަމަށެވެ. އޭގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް މަގުފަހިކުރާނެ ކަމެއްގެ ގޮތުގައިވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މި ހަދިޔާއަކީ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ޑިފެންސް މިނިސްޓްރީގެ ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ. މި މަނަވަރު ދިވެހި ސިފައިންގެ ޚިދުމަތަށް އިތުރުވުމާއެކު، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ