ބަޖެޓުން ފަސް ޕާޓީއަކަށް ފައިސާ ދޫކޮށްފި، އެންމެ ގިނަ އަދެެއްގެ ފައިސާ ވެރިކަންކުރާ ޕީއެންސީއަށް!

ބަޖެޓުން ފަސް ޕާޓީއަކަށް ފައިސާ ދޫކޮށްފި، އެންމެ ގިނަ އަދެެއްގެ ފައިސާ ވެރިކަންކުރާ ޕީއެންސީއަށް!

Author
ހުސައިން
10 އޭޕްރިލް 2025 10:14
0

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް މިފަހަރު ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ މިވަގުތު ވެރިކަންކުރާ ޕާޓީކަމަށްވާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ދުރާލައި ހާމަކޮށްފައިވާ ގޮތުގައި، ފައިސާ ދޫކުރަނީ ޕާޓީތަކުގައި ހިމެނޭ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. މިގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ފައިސާ ދޫކުރެވެއެވެ. މި އުސޫލުން ބަލާއިރު، މި އަހަރު ފައިސާ ލިބުނީ ޖުމްލަ ފަސް ސިޔާސީ ޕާޓީއަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފްސީލުތަކުގައިވާ ގޮތުން، ރާއްޖޭގައި މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށްވާތީ، ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ލިބުނު ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެމްޑީޕީއަށް ވަނީ 8.4 މިލިއަން ރުފިޔާ ލިބިފައެވެ.

އޭގެ ފަހަތުން ޖުމްހޫރީ ޕާޓީއަށް 2.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިއަންސް (އެމްޑީއޭ) އަށް 1.8 މިލިއަން ރުފިޔާ ލިބުނެވެ. އެންމެ މަދުން ފައިސާ ލިބުނީ އަދާލަތު ޕާޓީއަށެވެ. އަދާލަތު ޕާޓީއަށް ލިބުނީ 1.7 މިލިއަން ރުފިޔާއެވެ.

ޖުމްލަކޮށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން މިފަހަރު ފައިސާ ދޫކުރި ފަސް ޕާޓީއަށް ޖުމްލަ 28 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.