ކ.ތުނބަފުށީގައި ގެއްލުން ބޮޑު އަލިފާނުގެ ހާދިސާއިން ހިނގައިފި

ކ.ތުނބަފުށީގައި ގެއްލުން ބޮޑު އަލިފާނުގެ ހާދިސާއިން ހިނގައިފި

Author
ހުސައިން
10 އޭޕްރިލް 2025 08:41
0

ކ.ތުނބަފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލިފާން ރޯވި ސަރަހައްދު މިހާރުވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެމްއެންޑީއެފުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އެ ރަށުގައި ރޯވި އަލިފާން މިހާރުވަނީ ނިއްވާލާފައެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލާފައިވަނީ ރަށުގައި ތިބި މީހުން ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން އާއްމުކުރި ފޮޓޯއަށް ބަލާއިރު، އަލިފާން ރޯވިތަން ވަނީ އެއްކޮށް އަނދާ ހަލާކުވެފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތާ ހަމައަށް ސިފައިންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާގައި އިންސާނީ އެއްވެސް ގެއްލުމެއް ލިބިފައިވޭތޯއާއި، އަލިފާން ރޯވި ސަބަބާ ގުޅޭގޮތުން އަދި ރަސްމީ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.