ސަރުކާރުގެ މައި ހޮސްޕިޓަލުން ނަރުހުން ހޯދަން އިޢުލާންކޮށްފި

ސަރުކާރުގެ މައި ހޮސްޕިޓަލުން ނަރުހުން ހޯދަން އިޢުލާންކޮށްފި

Author
ހުސެއިން
09 އޭޕްރިލް 2025 11:20
0

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ކުރި އިޢުލާނަކުން، ބޮޑު އަދަދެއްގެ ރެޖިސްޓަރޑް ނަރުހުން ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި، އިންޓަވިއުކޮށް މެރިޓް އުސޫލުން މުވައްޒަފުން ނެގޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި މަޤާމަށް ހޮވޭ ނަރުހުންނަށް މަހަކު 11,428 ރުފިޔާގެ އަސާސީ މުސާރަ ލިބޭނެ ކަމަށާއި، 5,333 ރުފިޔާ މަޤާމުގެ އެލަވަންސްގެ ގޮތުގައި ދެވޭނެ ކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 144 ރުފިޔާގެ ހާޒިރީ އިނާޔަތެއްވެސް ލިބޭނެއެވެ.

އިޢުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ވަޒީފާއަށް ނެގޭ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވޭ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.