ތ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް އަންނަ ހަފުތާގައި ފަށަނީ

ތ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް އަންނަ ހަފުތާގައި ފަށަނީ

ގުޅުންހުރި

ހެލްތު މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ތ. އަތޮޅު ވޭމަންޑޫގައި ޑަޔަލިސިސްގެ ޚިދުމަތް އަންނަ ހަފުތާގައި ފެށުމަށް ވަނީ ނިންމާފައެވެ. މިކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް މިހާރު ދަނީ ފުރިހަމަކުރަމުންނެވެ.

ހަމައެހެންމެ، ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ނ. އަތޮޅު ވެލިދޫގައިވެސް ޑަޔަލިސިސްގެ ޚިދުމަތް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ.

މިނިސްޓްރީގެ މަޢުލޫމާތުން އެނގޭ ގޮތުގައި، ޑަޔަލިސިސްގެ ޚިދުމަތް މިހާތަނަށް ނުފެށި އޮތީ އއ، އދ، ވ، މ، ފ އަދި ދ އަތޮޅުގައެވެ. މިހުރިހާ އަތޮޅެއްގައިވެސް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިހާރުގެ ސަރުކާރުގެ އަމާޒެކެވެ.

ސަރުކާރުން ބުނާ ގޮތުގައި، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދެއެވެ. މިކަމުން ކުރިމަތިވާ ޞިއްޙީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ