ދަރިވަރުންނަށް ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

ދަރިވަރުންނަށް ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

Author
ހުސައިން
07 އޭޕްރިލް 2025 10:22
0

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ދަރިވަރުންނަށް ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރުދެއްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ހިތްވަރުދެއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މި ފެށުނު އަހަރަކީވެސް ދަރިވަރުންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި ނައިބު ރައީސް މެސެޖްގައި މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް އަރިސްކުރައްވާފައިވެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގައި ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި މިއަދު ފެށިފައިވާއިރު، މިއަދު ސްކޫލްތަކުގެ ކިޔެވުން ފަށާފައިވަނީ ޖުމްލަ 90،000 ދަރިވަރުންނާއެކު ގާތްގަނޑަކަށް ދޮޅުމަހަށް ވުރެ ދިގު މުއްދަތެއްގެ ބަންދަކަށްފަހުގައެވެ.

މީގެ ތެރޭގައި ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 84،000 އެއްހާ ދަރިވަރުން ހިމެނޭއިރު، މާލެ ސަރަހައްދުގެ 217 ސްކޫލެއްގައި މިއަދު ވަނީ ކިޔެވުން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.