ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި

Author
ހުސައިން
06 އޭޕްރިލް 2025 08:26
0

މިދިޔަ މަހުގެ ފަހުކޮޅު އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑަށް ފިހި، ފަރުވާދެމުން ގެންދިޔަ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިކަމަށް އައިޖީއެމްއެޗް އިން މިއަދު ހާމަކޮށްފިއެވެ.

ރަސްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިރިހެން މީހާގެ އިތުރުން އޭނާގެ އަނބިމީހާވެސް ވަނީ ބޮޑަށް ފިހިފައެވެ. އައިޖީއެމްއެޗްގައި ބޭސްފަރުވާ ދެމުން ގެންދިޔަ ނަމަވެސް، އަނބިމީހާ ވަނީ ނިޔާވެފައެވެ.

އައިޖީއެމްއެޗްގެ އޮފިޝަލެއްގެ ބަހުން، ފިރިހެން މީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވިޔަސް، އަދިވެސް އައިސީޔޫގައި ފަރުވާ ދޭކަމަށް މަޢުލޫމާތު ލިބެއެވެ. އެ ހާދިސާގައި ފިރިހެން މީހާ ވަރަށް ބޮޑަށް ވަނީ ފިހިފައިކަމަށް ބަޔާންކުރެއެވެ.

މި ހާދިސާ ހިނގާދިޔަ ގޮތާބެހޭ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަ ދެކެވެމުންދާއިރު، ފުލުހުންގެ ފަރާތުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.