ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

ގުޅުންހުރި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރެވުނު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުން މާރިޗު 21 ވަނަ ދުވަހު ވަކިކުރެވުނު ޝަމްއާން، ޖެހިގެން އައި ދުވަހު ހައްޔަރުކުރެވުނެވެ. ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތަށް ޝަމްއާން ބަންދުކުރުމަށް ނެރުނު އަމުރު، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް، ހައިކޯޓުން ނިންމާފައިވަނީ އެ އަމުރަކީ އިސްތިއުނާފު ނުކުރެވޭނެ އަމުރެއް ކަމަށެވެ.

ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ޝަމްއާނާއި އިމިގްރޭޝަން ޑިޕާޓްމަންޓްގެ އިތުރު އޮފިސަރުންތަކަކާ ގުޅިގެން ބަންދުކުރެވުނު ބިދޭސީއެއްގެ އަތުން 530،000 ރުފިޔާ ނަގައި، އެ ބިދޭސީ ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރީ އިމިގްރޭޝަންގެ ޑިޕާޓްމަންޓްތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށެވެ. އަދި އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު، ޖެހިގެން އައި ދުވަހު 530،000 ރުފިޔާއާއެކު ދޫކޮށްލާފައިވަނީ ޝަމްއާންގެ އެންގުމަށް ކަމަށެވެ.

ތަޙުޤީޤަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އޭނާގެ އަތުން ފައިސާ ނަގާފައިވަނީ ބަލައި ފާސްކުރުމުގައި ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފުންނެވެ. އެކަން ކޮށްފައިވަނީ މަގުމަތިން އެ ބިދޭސީއާ ބައްދަލުކުރުމަށްފަހުގައެވެ. ފުލުހުން ބުނާގޮތުގައި، އެ ބިދޭސީގެ އަތުން ނެގި ފައިސާ ހިފައިގެން މުވައްޒަފުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަދުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ