އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޓާފް ސާޖަންޓް އަޝަންޗަރ ލީ ނަޝީދު (ސނ: 2324) ސިނކުޑީގައި ޓިއުމަރެއް އުފެދި، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މިރޭ ނިޔާވެއްޖެއެވެ. މިކަން މިރޭ އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، އަޝަންޗަރ ނިޔާވި އިރު، ސިފައިންގެ ހިދުމަތުގައި 30 އަހަރާއި، 8 މަހާއި، 19 ދުވަސް ހޭދަކޮށްފައިވެއެވެ. ކޯސްޓްގާޑުގައި މާލިމީންނާއި ނެވީންގެ އިރުޝާދާއެކު މަސައްކަތްކުރަމުން އައި ޒުވާނެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު އޭނާ ދަންނަ ކަމަށްވެސް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.
މަރުޙޫމް އަޝަންޗަރަށް ކެންސަރު ބަލި ޖެހުނުފަހުން، ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަމުން ގެންދާތާ ތިން އަހަރު ވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އޭނާ ނިޔާވި އިރު، އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި ތިބިކަންވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.