އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްބައިވުމަށް ނަޝީދުގެ ހުށަހެޅުމަށް އިމްތިޔާޒު ފަހުމީގެ މަރުހަބާ!

އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްބައިވުމަށް ނަޝީދުގެ ހުށަހެޅުމަށް އިމްތިޔާޒު ފަހުމީގެ މަރުހަބާ!

ގުޅުންހުރި

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހިޔާލަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) މިރޭ މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވުމަށްފަހު، އޭރުގެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ޕާޓީގައި ތިބެގެން މަސައްކަތްތަކެއް ފެށުމުން ޕާޓީން ވަކިކުރަން އުޅުމުގެ ސަބަބުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް އިންތިހާބުތަކުގައި ޑިމޮކްރެޓްސްއަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ނުލިބި، ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީއާ ދުރަށް ޖެހިވަޑައިގެންނެވި އެ ޕާޓީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރެއްވި ނަޝީދު، ދެ ޕާޓީއަށާއި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" އެމްޑީޕީގެ ލީޑަރެއްގެ ގޮތުގައި އެތައް އަހަރަކު ހުންނެވި ނަޝީދު އެކްސްގައި ލިޔުއްވިއެވެ.

ނަޝީދުގެ އެ ޕޯސްޓް، މިދިޔަ ޖެނުއަރީ މަހު ޑިމޮކްރެޓްސްގެ ރައީސަކަށް އިންތިހާބުކުރެއްވި އިމްތިޔާޒު ރީޕޯސްޓްކުރެއްވިއެވެ. "ރައީސް މުހައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުހަބާ ދަންނަވަން،" ރައްޔިތުންގެ މަޖިލީހުގައި މާފަންނު އުތުރު ދާއިރާ ތިން ދައުރު ތަމްސީލްކުރެއްވި، މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒު ކުރެއްވި ޕޯސްޓްގައިވެއެވެ.

ނަޝީދުގެ ހިޔާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް މަރުހަބާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ގައުމީ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައި އޮންނާނެ. ގާނޫނުއަސާސީ ނެގެހެއްޓުމަށް ޓަކައި އަޅުގަނޑުމެންނާ އެކީ މަސައްކަތް ކުރަން ތިބި ޕާޓީތަކާއި އަދި ޖަމިއްޔާޖަމާއަތްތަކަށް ވެސް ގުޅެން ގޮވާލާފައި އޮންނާނީ އެ ގަރާރުގައި،" އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ