ދިވެހި ޅެންވެރިކަމުގެ ދުނިޔެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އައިޝަތު އަނީސް އަވަހާރަވެއްޖެ

ދިވެހި ޅެންވެރިކަމުގެ ދުނިޔެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އައިޝަތު އަނީސް އަވަހާރަވެއްޖެ

ގުޅުންހުރި

ދިވެހި ޅެންވެރިކަމުގެ ދުނިޔެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ދިވެހީންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ހޯއްދަވާފައިވާ ޅެންވެރިޔާ އައިޝަތު އަނީސް، މިއަދު އަވަހާރަވެއްޖެއެވެ. މއ. ކަޝިސްގައި ދިރިއުޅުއްވި އައިޝަތު އަނީސް އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހުގައެވެ.

އައިޝަތު އަނީސްއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރުޙޫމް ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ) ގެ އަނބިކަނބަލުންނެވެ. މަރުޙޫމާގެ ފިރިކަލުން ޢަބްދުﷲ ޙަސަން އަވަހާރަވެފައިވަނީ 2021 ވަނަ އަހަރުއެވެ.

ދިވެހިންގެ ހިތްތަކުގައި ޅެންވެރިކަމުގެ ތަފާތު ވައްތަރުތަކުން މަޤްބޫލުކަން ހޯއްދަވާފައިވާ އައިޝަތު އަނީސް ހައްދަވާފައިވާ މަޝްހޫރު ޅެންތަކުގެ ތެރޭގައި "އިސްލާޙުވާން އެދޭނަމަ ފުރުޞަތު ނަގާނުލާ" އަދި "އޯ ވަޠަން" ފަދަ ޅެންތައް ހިމެނެއެވެ.

ޅެންވެރިކަމުގެ އިތުރުން، އައިޝަތު އަނީސްއަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ރައީސް އޮފީހަށް އެންމެ ފުރަތަމަ އަންހެން މުވައްޒަފުން ހަމަޖެއްސެވިއިރު، އޭގެ ތެރޭގައި އައިޝަތު އަނީސް ހިމެނިވަޑައިގަންނަވައެވެ.

މަރުޙޫމާގެ ޖަނާޒާގެ ކަންތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު އަދި ޢާއިލާއިން ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ