މާދަމާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
ހުސައިން
05 އޭޕްރިލް 2025 01:07
0

ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ސަބަބުން މާދަމާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުން، މާދަމާ ހަވީރު 18:00 އިން 18:15 އަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް 1 އަދި 2 އިންނާއި، ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 9 އަދި 16 އަދި ދިރާގު ސީއެލްއެސް ބިލްޑިންގުން ކަރަންޓުގެ ޚިދުމަތް ކުޑަ ވަގުތުކޮޅަކަށް ކަނޑާލެވޭނެއެވެ.

ސްޓެލްކޯއިން ވަނީ މި ވަގުތުކޮޅުގައި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދި، ރައްޔިތުންނަށް ކެތްތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި މައްސަލަ ޙައްލުވުމުން އިތުރު މަޢުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.