ކާޑާއި އަސާސީ ބާވަތްތަކުގެ ކޯޓާ އިތުރު ކޮށްދިނުމުން އިންޑިއާއަށް ޝުކުރު އަދާކޮށްފި

ކާޑާއި އަސާސީ ބާވަތްތަކުގެ ކޯޓާ އިތުރު ކޮށްދިނުމުން އިންޑިއާއަށް ޝުކުރު އަދާކޮށްފި

ގުޅުންހުރި

ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ އިންޑިއާއިން ރާއްޖެއަށް އިތުރުކޮށްދީފައިވާތީ، އެ ގައުމަށް ދިވެހިރާއްޖެއިން ޝުކުރު އަދާކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 2025-26 އަށް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށް ދިވެހިރާއްޖެއިން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިފަދަ ކަންކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ މިފަހަރު ރާއްޖެއަށް އިތުރުކޮށްދިން ކޯޓާއަކީ 1981 ގައި ދެ ގައުމުގެ މެދުގައި ހެދުނު އެއްބަސްވުމަށްފަހު މިހާތަނަށް ހުއްދަދިން ނުވަތަ ކޯޓާ އިތުރުކޮށްދިން އެންމެ ބޮޑު އަދަދު ކަމަށެވެ. މިގޮތުން ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ ތަކެތީގެ ކޯޓާ 5 ޕަސެންޓަށް އިތުރުކޮށްދީފައިވާއިރު، މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް އިތުރުކޮށްފައިވެއެވެ.

އިންޑިއާއިން ވަނީ އެ ގައުމުން އަސާސީ ބައެއް ތަކެތި އެކްސްޕޯޓްކުރުން މަނާކުރި ދަނޑިވަޅުގައިވެސް ރާއްޖެއަށް ތަކެތި ފޯރުކޮށްދީފައެވެ. ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމުކަމަށްވާ އިންޑިއާއަކީ އަބަދުވެސް އެކި ގޮތްގޮތުން ރާއްޖެއަށް އެހީވަމުން އަންނަ ގައުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ