އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެންމީހާ ނިޔާވެއްޖެ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެންމީހާ ނިޔާވެއްޖެ

Author
ހުސައިން
01 އޭޕްރިލް 2025 08:29
0

އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެންމީހާ އައިޝަތު ރިފްގާ މިރޭ ނިޔާވެއްޖެއެވެ. ރިފްގާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާދެމުންދަނިކޮށެވެ.

ހާދިސާގައި ދެމަފިރިންގެ ވެސް ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ. ނަމަވެސް، 31 އަހަރުގެ އަލީ ސާމިންއާ އަޅާބަލާއިރު ރިފްގާއަށް ލިބުނު އަނިޔާތައް ބޮޑުކަމަށް މަޢުލޫމާތު ލިބެއެވެ. މި ދެމަފިރިންގެ ވެސް ފަސް އަހަރުގެ ކުއްޖަކު ހުރެއެވެ.

ފިހިފައިވާ ދެމީހުންނަށް ފަރުވާދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ރާއްޖެ ވަޑައިގެން ދެމަފިރިންގެ ހާލަތު ބައްލަވާފައިވެއެވެ. އައިޖީއެމްއެޗްއިން ހާމަކުރި ގޮތުގައި ފިހުނު ދެ މީހުންނަށް ފަރުވާ ދެމުން އައީ ޑރ. ރަނާދުގެ ލަފާ އާއި މަޝްވަރާއާ އެކުގައެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 24 މާރިޗް 2025 ވަނަ ދުވަހުގެ ރޭ 23:15 ހާއިރުއެވެ. ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.